އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ކުރަންޖެހޭ ބައެއްމަރާމާތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާން

އއ.ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ކުރަންޖެހޭ ބައެއްމަރާމާތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކައުންސިލުން ފުޓްބޯޅަ ދަނޑު ކުރަންޖެހޭ ބައެއްމަރާމާތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ އިޢުލާން ނަމްބަރ: IUL 343-AS/343/2020/68    ހ9 ސެޕްޓެމްބަރު 2020  ގައި އެއްވެސް ފަރާތުން މައުލޫމާތު ސާފްކޮށްފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                 މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 12 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެއަގު ބަޔާންކޮށް ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލް ކެނޑުން ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 20 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ. އަދި މައުލޫމާތު ސާފްކުރަންވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

                  ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

                   06  އޮކްޓޫބަރ 2020

06 އޮކްޓޫބަރު 2020
ހޯދާ