ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު
މަޤާމް: |
ހެލްތު އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި |
ވަގުތީ - ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން |
މަޤާމުގެ ރޭންކް |
MS1 (އެމް.އެސް 1) |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާއުނގޫދޫ ސްކޫލް / ށ.މާއުނގޫދޫ |
މުސާރަ: |
ގަޑިއިރަކަށް -/61.44ރ (ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން) (ދުވާލަކު މަސައްކަތްކުރަން ޖެހޭނީ ގިނަވެގެން 6 ގަޑިއިރުއެވެ.) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ސްކޫލުގެ އިސްވެރިޔާގެ އިރުޝާދާއެކު ސްކޫލް ހެލްތު ޕްރޮގްރާމް ކުރިއަށްގެންދިއުން.
- ދަރިވަރުންގެ ހެދިބޮޑުވުން ބެލެހެއްޓުމާއި، ފަނީބޭސް/ވިޓަމިން-އޭ ދަރިވަރުންނަށް ދިނުމުގެ ކަންކަން ބެލެހެއްޓުމާއި އެކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ގްރޭޑްތަކަށް، ސްކޫލުގެ އިސްވެރިންގެ ލަފަޔާއެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް/ ސިއްޙީ މަރުކަޒު) ގުޅިގެން، ދަރިވަރުންގެ ހެލްތު ސްކްރީނިންގ ކަނޑައެޅިފައިވާ ތާރީޚަށް ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
- ސްކޫލުގައި ތަޢުލީމު ޚާސިލުކުރަމުންދާ "ވަލްނަރަބަލް" ކުދިންގެ ޞިއްޙީ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލުގެ އިސްވެރިންގެ މަޝްވަރާޔާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ ރެކޯޑް ބެލެހެއްޓުން
- ސްކޫލުން ރާވައިގެން ހިންގާ އިތުރު ހަރަކާތްތަކާއި އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދިނުމާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
- ސްކޫލު ދަރިވަރުންގެ ޞިއްޙީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލުގެ ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ހެލްތު އެޑިޔުކޭޝަންގެ ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ސްކޫލުގައި ދަރިވަރުން ބޭނުންކުރާ ފާހާނާތަކާއި ސްކޫލުގެ ފެނުގެ ނިޒާމް މޮނިޓަރކޮށް ޞިއްޙީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމާއި ރަނގަޅު ކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެޑްމިނިސްޓްރޭޝަން ސެކްޝަނަށް އެކަމެއް ހައްލުކުރުމަށް ހުށައެޅުން.
- ސްކޫލުގެ މާހައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި އެކަން އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ސްކޫލުގެ އިސްވެރިންނަށް ލަފާދިނުން
- ސްކޫލުގެ ދަރިވަރުންނަށް ދިމާވާ ޞިއްޙީ އެކިއެކި މައްސަލަތަކަށް ފަރުވާދިނުމާއި ދަރިވަރުންގެ ޞިއްހީ ދުޅަހެޔޮކަމާ ގުޅޭގޮތުން އެދަރިވަރުންގެ ބެލެނިވެރިންނަށް ޞިއްޙީ އިރުޝާދުދިނުމާއި މިކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
- ސްކޫލުން ހިންގާ އިތުރުހަރަކާތްތަކާއި އެހެނިހެންވެސް ހަރަކާތްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
މަޤާމުގެ ޝަރުތުތައް:
މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ތައުލީމީ ރޮނގުތައް:
- ކޮމިއުނިޓީ ހެލްތް
- ނަރސިންގ
- ޕްރައިމަރީ ހެލްތް ކެއަރ
- ޕަބްލިކް ހެލްތް
ގުޅޭ ވަޒީފާގެ ދާއިރާތައް:
- ހެލްތު ސަރވިސަސް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑް ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓަރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢްތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮކްޓޯބަރ 2020 ވާ ބުދަދުވަހުގެ ގެ 14:00 ގެ ކުރިން، މާއުނގޫދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ސްކޫލްގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 އޮކްޓޯބަރ 2020 އާއި 22 އޮކްޓޯބަރ 2020 އާ ދެމެދު، މާއުނގޫދޫ ސްކޫލްގައެވެ.
ޝޯޓްލިސްޓް ކުރުން
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540554 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |