އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓެލްކޯ އއ. މާޅޮސް އިންޖީނުގެއަށް އުދަގޫވާގޮތަށް ހުރި ރުކާ ގުޅޭ:

                                                          ނަންބަރު: IUL)345-MS/345/2020/64)

 

އިޢުލާން

 ސްޓެލްކޯ އއ. މާޅޮސް އިންޖީނުގެއަށް އުދަގޫވާގޮތަށް ހުރި ރުކާ ގުޅޭ:

    

          ސްޓެލްކޯ އއ. މާޅޮހު އިންޖީނުގޭގެ ހުޅަނގުން ގޯތިތެރެއަށްވާގޮތަށް އިން ފޯދިފައިވާ ރުއް ނެގުމަށް ބޭނުންވެއެވެ.

ރުއް ހުރިތަނާބެހޭ މަޢުލޫމާތު:

  1. ސްޓެލްކޯ އިންޖީނުގޭގެ ހުޅަނގުއުތުރުގައިވާ  ހުދު ދަވާދުން ނަމްބަރު 1 ޖަހާފައިވާ ރުއް.

       މިރުއްރުކުގެ ވެރިފަރާތުން ރުކާއިބެހޭ މިދަންނަވާ މަޢުލޫމާތު އެނގޭނެ ލިޔުމެއް 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު 12:00 ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  1. ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
  2. ރުކުގެ ތަރުތީބު ނަންބަރު.
  3. ކޯޑު ނަންބަރު.

އިތުރު މަޢުލޫމާތު ސާފުކުރުން:

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޮކްޓޫބަރު 2020
ހޯދާ