ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ: 52/IUL-D/423/2020

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ކުންފުނި އަދި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން  08 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޯބަރ 2020  ވާ ބުދަ ދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޮކްޓޫބަރު 2020
ހޯދާ