މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                  މި އިދާރާގެ އުޅަދުތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)230-AHI/230/2020/06 ( 01 މާރިޗް 2020 ) އިޢުލާނާއި ގުޅިގެން ހުށަހެޅި އެސްޓިމޭޓްތައް ބާޠިލްކުރުމަށް އަތޮޅު ކައުންސިލްގެ 03ވަނަ ދައުރުގެ 133ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައިވާތީ، އަލުން އިޢުލާން ކުރީމެވެ. 

                  ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާސް ނެންގެވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 14 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.  

                  އަންދާސީ ހިސާބުހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 10:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިކައުންސިލުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                  މިބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވިޔަފާރި އަދި ކުންފުނިތަކަށެވެ. ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުޅުވުމުގެ ބައްދަވުމަށް ވަޑައިގަންނަވަންވާނީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ދަޢުލަތުގެ ލިޔުމަކާއެކުގައެވެ. އަދި ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެބޭފުޅަކީ ބީލަން ހުށަހަޅާ ފަރާތުން ފޮނުވާ ބޭފުޅެއްކަން އަންގައިދޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.

                       17 ޞަފަރު    1442

04 އޮކްޓޫބަރު 2020
ހޯދާ