ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ރިވިލި ނޫސް މަޖައްލާއަށް ކޮންޓްރެކްޓް އުސޫލުން އެޑިޓަރެއް ހޯދުން

 

މި އޮތޯރިޓީގެ "ރިވިލި" ނޫސް މަޖައްލާއަށް ކޮންޓްރެކްޓް އުސޫލުން އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިވިލި ނޫސް މަޖައްލާގެ އެޑިޓަރަކަށްވުމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.    

 

ބޭނުންވާ ޢަދަދު

1

 

އުޖޫރަ

އެޑިޓް ކުރާ ކޮންމެ ސަފްޙާ އަކަށް 500 ރުފިޔާ

 

މަސައްކަތުގެ މުއްދަތު

5 އަހަރު، ނަމަވެސް ނޫސް މަޖައްލާގެ މަސައްކަތް ކުރާނީ އަހަރަކު އެއްފަރު

 

ޝަރުތުތައް

  1. އުމުރުން 25 އަހަރު ފުރިފައިވުން
  2. ދިވެހި ރައްޔިތެއް ކަމުގައިވުން
  3. ނޫސްވެރިކަމުގެ ކޯހެއް ހަދައިފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

 

 

 

 

ރިވިލި، މި މަޖައްލާ އަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ. މި މަޖައްލާގެ މަޤްޞަދަކީ، ދިވެހި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަ އޮތް ޙާލަތާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، މި އޮތޯރިޓީއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ އެކިއެކި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތާއި، އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބާއި، ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިނަމަ، އެފަދަ އަމަލުތައް ރިޕޯޓްކުރާނޭ ނަންބަރުތަކާ ގުޅޭގޮތުން އާންމުންނާއި މުއައްސަސާތައް ހޭލުންތެރުކުރުވުމެވެ. ރިވިލި މި މަޖައްލާގެ އަދަދަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 23 އަށް ނެރުމަށް ކަނޑައެޅިފައިވާ އަދަދެކެވެ. މި މަޖައްލާގެ އެޑިޓަރުގެ ގޮތުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކަކީ:

  1. ރިވިލިގެ އަދަދުގައި ހިމެނިފައިވާ ލިޔުންތައް އެޑިޓްކޮށް، ޕްރޫފް ރީޑް ކުރުން.
  2. މި އޮތޯރިޓީގެ އެޑްވޮކަސީ އޮފިސަރުގެ މަޝްވަރާއާއެކު ރިވިލިގެ މަސައްކަތްތައް ސުންގަނޑިއާއެއްގޮތަށް ކުރުން.

މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

  • ރިވިލި ނޫސް މަޖައްލާގެ އެޑިޓަރަކަށްވުމަށް އެދި ހުށަހަޅާ ސިޓީ
  • އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް (އަދި އެޓެސްޓްކޮށްފައިވާ) ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ އެ އޮފީހަކުން އިއުތިރާޒެއް ނެތް ކަމުގެ ރަސްމީލިޔުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ނޯޓު:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން ވަކި މުއްދަތަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ.
  • މަސައްކަތަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، ތަޖުރިބާ، އިންޓަރވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ. މި ގޮތުން، އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ.

ތައުލީމް 20%

ތަޖުރިބާ 30%

އިންޓަރވިއު 50%

  • މި މަސައްކަތަށް ހޮވޭ ފަރާތެއް ރިވިލި ނޫސް މަޖައްލާގެ އެޑިޓަރުގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

 

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ އާމިނަތު ލީނާ ޢަލީއަށް އެޑްރެސް ކުރައްވައި ސިޓީއަކުން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 14 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 14:30 ގެ ކުރިން، [email protected] އަށް އީ-މެއިލްކުރެއްވުން އެދެމެވެ.

 

އިތުރު މައުލޫމަތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

ވެބްސައިޓް: http://fpa.gov.mv/dh

 

05 އޮކްޓޫބަރު 2020
ހޯދާ