ދިވެހިރާއްޖެ
c
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ
Economic Development & Social services އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް
އިޢުލާން
ނަމްބަރ: (IUL)304-MS/304/2020/60 |
ތާރީޚް: 01 އޮކްޓޫބަރ 2020 |
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ކުލީބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ |
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތައް، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފްނުވާ މަސައްކަތްތައް ކުރުމަށް 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި ބިޑް ޑޮކިޔުމަންޓު ވިއްކުމަށް މި އިދާރާއިން ކަނޑައަޅައިފީމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިންތަކުގެ ތަފްޞީލް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބިޑް ޑޮކިއުމަންޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 750.00ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ) އަށެވެ. ކޮންމެ ބިޑް ޑޮކިޔުމަންޓަކުން އެދެވޭނީ 01 (އެކެއް) ބިމަކަށެވެ. މި އިދާރާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީބިންތަކަށް ކުރިމަތިލެވޭނީ ރ. ދުވާފަރު (ރ. ކަނދޮޅުދޫގެ ރަޖިސްޓްރީގައިވާ) 18 އަހަރުން މަތީގެ ރަށްވެހިންނަށާއި ދިވެހިރާއްޖޭގައި ރ. ދުވާފަރު (ރ. ކަނދޮޅުދޫގެ ރަޖިސްޓްރީގައިވާ) ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މީގެ ކުރިން މި އިދާރާއިން ދޫކުރެވިފައިވާ އެއްވެސް ކުލީބިމެއް ނަގާފައިވާ ފަރާތަކަށް ކުލީބިމަށް ކުރިމަތިލުމުގެ ފުރުސަތު ނެތް ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަމިއްލަ ފަރާތެއްވިޔަސް، ކުންފުންޏަކުންވިޔަސް، ޕާރޓްނަރޝިޕަކުންވިޔަސް، އަދި ވިޔަފާރިއެއް ކުރުމަށް ލޯކަލް އިންވެސްޓްމަންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްވިޔަސް އެފަރާތަކަށް ބިޑް ކާމިޔާބުކޮށް އެގްރީމެންޓް ކުރެވޭނީ 01 (އެކެއް) ބިމަށެވެ. ނަމަވެސް އެފަރާތަކުން ބޭނުންވާ ބިންތަކަށް ބިޑް ޑޮކިޔުމަންޓް ގަނެގެން ބިޑް ހުށަހެޅުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
|
14 ޟަފަރު 1442
01 އޮކްޓޫބަރ 2020