މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު - ބަނދަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- މިރަށުގެ ބަނދަރު ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 30 ސެޕްޓެމްބަރ 2020ން 07 އޮކްޓޯބަރ 2020އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30ން 13:00ށް މި އިދާރާއަށް ފޯނުން ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 30 ސެޕްޓެމްބަރ 2020އިން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 07 އޮކްޓޯބަރ 2020ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 08 އޮކްޓޯބަރ 2020ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
30 ސެޕްޓެމްބަރ 2020
29 ސެޕްޓެންބަރު 2020
ހޯދާ