އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާނު               

ކައުންސިލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

                         މިއިދާރާގެ ނަންބަރ: (IUL)343-343/2020/75)  އިޢުލާން އެލް.ޖީ.އޭގެ ހުއްދައާއިނުލާ ކުރެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޝަތު ހުޅުވާލަމެވެ.

                         މިރަށު ކައުންސިލްގެ އިދާރާގައި ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                         މި ބީލަން   ހުޅުވާލެވިފައިވަނީ   ވިޔަފާރި   ރަޖިސްޓްރީ   ކުރުމުގެ   ޤާނޫނުގެ ( ޤާނޫނު ނަންބަރ 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،  

އަމިއްލަ ފަރުދުންގެ ވިޔަފާރި  ޤާނޫނު ( ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް ގެންނަންވާނެއެވެ. މި މަސައްކަތް ކޮށްދިނުމަށްޝައުގުވެރިލައްވާ

ފަރާތްތަކުން ތިރީގައިވާ ތާރީހަށް މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.

އަންދާސީ ހިސާބު ބަލައިގަތުމާ ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މައުލޫމާތު ސާފުކުރުމާއި،އަންދާސީހިސާބު ހުށަހެޅުއްވުން

ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

މައުލޫމާތު ސާފްކުރުން

2020 އޮކްޓޫބަރު 05 ވާ ހޯމަ ދުވަހުގެ 13:00ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ކެނޑުން

2020 އޮކްޓޫބަރު 14 ބުދަ ދުވަހުގެ 13:00 ގައި

 

                        މައުލޫމާތު ސާފްކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވާހަކަ ދަންނަވަމެވެ.

                        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

  • އިތުރުމައުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6660657 އާއި ގުޅުއްވުން އެދެމެވެ.

 

10   ޝަފަރު    1442

27  ސެޕްޓެމްބަރު  2020

27 ސެޕްޓެންބަރު 2020
ހޯދާ