މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގްްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށް ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓް އަދި ވޯޓާރ ޑިޕާރޓްމަންޓްގެ ދަށުން ހިންގާ ޔުނިޓުގައި ޕާރޓިޝަން ޖެހުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ބެހޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

 

(ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށް ވޯޓަރ އެންޑް ސެނިޓޭޝަން  ޑިޕާރޓްމަންޓް އަދި ވޯޓާރ ޑިޕާރޓްމަންޓްގެ ދަށުން ހިންގާ ޔުނިޓުގައި ޕާރޓިޝަން ޖެހުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ބެހޭ)  

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ކުރިއަށްގެންދާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓުގެ ދަށުން" ވޯޓާރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓާއި އަދި ޑިޕާރޓްމަންޓްގެ ދަށުން ހިންގާ ޕްރޮޖެކްޓް ޔުނިޓުގައި ޕާރޓިޝަންޖެހުމަށްޓަކައިކޮށްފައިވާ އިއުލާން ނަންބަރު((IUL)438-GCF/438/2020/128)ގެ އިއުލާނަށް ގެނެވުނު ބަދަލާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އަރުވަމެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2020 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ.

 

ހުށަހަޅަންވީ ތަކެތި

 

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމުމަށް ނަގާނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު، ފަހުގެ ޓެކްސް ކްލިއަރެންސް ރިޕޯޓް) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ސޯލް ޕްރޮޕިއޭޓަރޝިޕްގެ ކޮޕީ އަދި ޓެކްސް ރަޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު 

 

އަގަށް : 70 ޕޮއިންޓު

 

ހުށަހެޅޭ އެންމެ ހެޔޮ އަގު      x70

 

ހުށަހެޅި އަގު

 

މުއްދަތު: 15 ޕޮއިންޓު

 

ހުށަހެޅޭ އެންމެ ކުރު މުއްދަތު   x15

 

ހުށަހެޅި މުއްދަތު

 

ތަޖްރިބާ: 15 ޕޮއިންޓް

 

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް) 

 

ވޭތުވެދިޔަ 05 އަހަރުގެ ތެރޭގައި 100,000ރ (ފަސް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 03 ޕޮއިންޓް ލިބޭނެއެވެ.

 

ވޭތުވެދިޔަ 05 އަހަރުގެ ތެރޭގައި 100,000ރ (ފަސް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 2.5 ޕޮއިންޓް ލިބޭނެއެވެ.

 

މަސައްކަތުގެ އޭރިޔާ ސާފުކޮށް ކުނި އުކާލުން

 

މަސައްކަތް ކުރަމުން ދާވަގުތު ތަކުގަޔާ އަދި މަސައްކަތްކޮށް ނިމުމުން އުފެދޭ އެންމެހާ ކުނި ބުނިތަކާއި ތަން ސާފުކޮށް އުކާލުން

 

މަސައްކަތަށް ބޭނުންކުރަންޖެހޭ މެޓީރިއަލްސް

 

މަސައްކަތައް ބޭނުންކުރާ މެޓީރިއަލްސްއަކީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ މެޓީރިއަލްސް ކަމުގައިވާންވާނެއެވެ.

 

ޕްރީ-ބިޑް މީޓިންގ

 

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 އޮކްޓޯބަރ 2020 ވާ ދުވަހު 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

 

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 06 އޮކްޓޯބަރ 2020 ވާ ދުވަހު 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  11 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (90 ) ދުވަސް އޮންނަންވާނެއެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން އަންދާސީ ހިސާބު ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  11 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 10:00 ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

 

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

 

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

 

ފޯން: +(960) 301 8388/399

 

ވެބްސައިޓް: http://www.environment.gov.mv

 

           އީ-މެއިލް [email protected]

 

   (މަޝްރޫޢު ނަން)

 

   އިޢުލާނު ނަންބަރު: 

 

 

 

29 ސެޕްޓެންބަރު 2020
ހޯދާ