އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީއިން ދޫކުރެވިފައިވާ ލޯނުތަކަށް ދެވިފައިވާ މޮރެޓޯރިއަމްގެ މުއްދަތު އިތުރުުރުން

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައި، 27 އޯގަސްޓް 2020 ގައި މިކޯޕަރޭޝަނުން ޢާންމުކޮށްފައިވާ (PR/SDFC/2020/07) ނޫސްބަޔާނާއި ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ ނޫސްބަޔާނުގައި ދެންނެވިފައިވާ ފަދައިން ދެވަނަ މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ސެޕްޓެމްބަރ 2020 އެވެ. ނަމަވެސް މިމުއްދަތު ފާއިތުވިއިރު އެކިއެކި ސަބަބުތަކާއިހުރެ ގިނަ ކަސްޓަމަރުންނަށް މޮރެޓޯރިއަމްއަށް ހުށަނޭޅިވުމާއެކު، ދެވަނަ މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ މުއްދަތު 08 އޮކްޓޯބަރ 2020 ނިޔަލަށްވަނީ އިތުރު ކުރެވިފައެވެ.   

 

މޮރެޓޯރިއަމްއަށް އެދުމާއި ގުޅޭ އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ. 

29 ސެޕްޓެންބަރު 2020
ހޯދާ