ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދާއިރާ އިސް މެޖިސްޓްރޭޓް (ވ. ޖުޑީޝަލް ދާއިރާ)

                                                  ޖުޑިޝަލްދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރ: (IUL)195-C/J03C/2020/1

ތާރީޚް: 28 ސެޕްޓެމްބަރު 2020

މަޤާމު

ދާއިރާ އިސް މެޖިސްޓްރޭޓް (ވ. ޖުޑީޝަލް ދާއިރާ)

މި މަޤާމަކީ ވ.ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

ބޭނުންވާ ޖުޑީޝަލް ދާއިރާ

ބޭނުންވާ ކޯޓް

ޢަދަދު

ވ. ޖުޑީޝަލް ދާއިރާ

ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް

1

މުސާރަޔާއި އިނާޔަތްތައް

އަސާސީ މުސާރަ

 23,150.00ރުފިޔާ

ލިވިންގ އެލަވަންސް

4,000.00 ރުފިޔާ

ރިސްކް އެލަވަންސް

800.00 ރުފިޔާ

ހެލްތް އިންޝުއަރެންސް

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތީން  ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ.

މާލެ ފިޔަވައި އަމިއްލަރަށް ނޫން އެހެންރަށެއްގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައި އޮންނަ އެލަވަންސް

މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1,500/- (މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތްކުރުމަށެވެ. އަދި މި އެލަވަންސް ލިބިވަޑައިގަންނަވާނީ ހަމައެކަނި މެޖިސްޓްރޭޓުންނަށެވެ.)

ޝަރުތު

މި މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ވ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު ގެންދާ ފަރާތަކަށްވުން.

މަގާމަށްއެދި ހުށަހެޅުން

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ޝައުޤުވެރިވާނަމަ، ސުންގަޑީގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން

ސުންގަޑި

06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެކަމުގައި ދެންނެވީމެވެ.

ގަވާއިދު

މި އިޢުލާންގައިވާ ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv  އިން ލިބޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 

28 ސެޕްޓެންބަރު 2020
ހޯދާ