މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

                                         ނަންބަރު: IUL)321/321/2020/110)

އިޢުލާން

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ރަށުގެ އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)321/321/2020/105 (22/09/2020) އިޢުލާނު ގެޒެޓް ކުރެވިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 އޮކްޓޯބަރ 05 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން (ރަސްމީ ބަންދުނޫން ދުވަސް ދުވަހުގެ 08:30 ން 13:30 އާއި ދެމެދު) މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެމަތީން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

#

ތަފްސީލް

ތާރީޚް

ގަޑި

ތަން

1

އަންދާސީ ހިސާބު ހުށަހެޅުން

06 އޮކްޓޯބަރު 2020

10:00

ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރަ ބޭރުގައި "އިޖްތިމާއީ ސަރަޙައްދު ސާފުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ.

10  ޞަފަރު     1442

27 ސެޕްޓެންބަރު 2020
ހޯދާ