މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބޮއިލަރ އަށް ބޭނުންވާ ވޯޓަރ ޓްރީޓްމަންޓް ކެމިކަލް ރ.ވަންދުއަށް ސަޕްލައިކުރުން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް (އެމް.އީ) އިން ކުރިއަށްގެންދާ ސްމޯލް ސްކޭލް ވޭސްޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ދީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަންބަރު (IUL)438-WMPC/438/2020/62 އިޢުލާން ވަނީ 26 ފެބުރުވަރީ 2020 ގައި ޝާއިއުކޮށްފައެވެ. މި އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑުތައް ކޮވިޑް-19 ގެ ސަބަބުން ގެނައި ފުރަބަންދާ ގުޅިގެން ވަނީ ބިޑް ވެލިޑިޓީ ހަމަވުމުގެ ކުރިން އެވޯޑު ކުރެވޭގޮތް ނުވެފައެވެ.  މިހެންކަމުން މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ފުރުސަތު  އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު  05ވާ ހޯމަ ދުވަހު 23:59 އާއި ދެމެދު  [email protected] އަށް އަދި  [email protected] އަށް ކޮޕީކުރައްވާ، ރަޖިސްޓްރީ ކުރުމަށް އެދި ތިރީގައިވާ މައުލޫމާތުތައް އީމެއިލް ކުރައްވަންވާނެއެވެ.  ރަޖިސްޓްރީ ކުރުމަށް މެއިލް ކުރައްވާއިރު އީމެއިލްގެ ސަބްޖެކްޓުގައި "Procurement of Boiler Water Chemicals - (IUL)438-WMPC/438/2020/156" ލިޔަންވާނެއެވެ. އަދި މެއިލްގައި ތިރީގައިވާ މައުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ކުންފުނީގެ ނަން:
  2. ކުންފުނީގެ ރެޖިސްޓްރޭޝަން ނަންބަރު:
  3. ކުންފުނި ރިޕްރެސެންޓް ކުރާ ފަރާތުގެ ނަން:
  4. ފޯން ނަންބަރު:

 ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 45  ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހަޅާނީ 2020 އޮކްޓޫބަރު 07  ވާ ބުދަ ދުވަހު 10:00  ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 07  ވާ ބުދަ ދުވަހު 10:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2020 އޮކްޓޫބަރު  05ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢު ނަން: ބޮއިލަރ އަށް ބޭނުންވާ ވޯޓަރ ޓްރީޓްމަންޓް ކެމިކަލް ރ.ވަންދޫއަށް ސަޕްލައިކުރުން

އިޢުލާނު ނަންބަރު: (IUL)438-WMPC/438/2020/156
ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

27 ސެޕްޓެންބަރު 2020
ހޯދާ