ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-ADMIN/AD/20-01
އިޢުލާން
މޯލްޑިވް ގޭސް އިން ވިއްކަމުންގެންދާ ބަދިގެ ސާމާނުގެ މިވަގުތު ހުރި ސްޓޮކް އެއްފަހަރާ ގަންނަ ފަރާތެއް ހޯދުމަށް.
މޯލްޑިވް ގޭސް އިން ވިއްކަމުން ގެންދާ ބަދިގެ ސާމާނުގެ މިވަގުތު ހުރި ސްޓޮކް ހުސްކޮށްލުމަށް ބޭނުންވާތީ، މި ތަކެތި އެއްފަހަރާ ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގައި މޯލްޑިވް ގޭސް ހުޅުމާލެ ޔުނިޓްގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ. މި މައުލޫމާތު ސެޝަންގައި އައިޓަމް ލިސްޓް ހަވާލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި މި ތަކެތި ގަންނަން ޝައުގުވެރި ވެލައްވާ ފަރާތްތަކުން 8 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން މިކުންފުނީގެ ހެޑް އޮފީސް ކައުންޓަރަށް ބަންދު ކުރެވިފައިވާ ސިޓީއުރައިގައި އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
27 ސެޕްޓެމްބަރ 2020މ.