މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ، ދަރުބާރުގެ، ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓް އަދި ތިލަފުށި 3 ސައިޓްގައި ހަރުކޮށްފައިވާ ވޯލްމައުންޓް އަދި ސީލިން މައުންޓް އެއަރ ކޮންޑިޝަންތައް 02 (ދޭއް) އަހަރު ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1. މިމިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ، ދަރުބާރުގެ، ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓް އަދި ތިލަފުށި 3 ސައިޓްގައި ހަރުކޮށްފައިވާ ވޯލްމައުންޓް އަދި ސީލިން މައުންޓް އެއަރ ކޮންޑިޝަންތައް 02 (ދޭއް) އަހަރު ދުވަހަށް ސަރވިސްކޮށް  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރ (IUL)471-CDS3/471/2020/130 (16 ސެޕްޓެމްބަރ 2020) ޢިއުލާނުގެ މަޢުލޫމާތު ކަރުދާހަށް ތިރީގައި މި ދަންނަވާ އިސްލާޙު ވަނީ ގެނެވިފައެވެ.

 

2. މަޢުލޫމާތު ކަރުދާހުގެ މަސައްކަތުގެ ތަފްޞީލުގައިވާ އެނެކްސް (1) ގައި ކުރީގައި ހިމެނިފައިވާނީ މިނިސްޓްރީ، ވެލާނާގެ، ޕަބްލިކް ވަރކްސް ޑިޕާރޓްމަންޓް އަދިތިލަފުށި 3 ސައިޓްއެވެ. ނަމަވެސް މިހާރު ގެނެވުނު އިސްލާހާ އެކު އެނެކްސް (1) ގައި ދަރުބާރުގެ އޭސީ ތަކުގެ ތަފްޞީލް ހިމެނިފައިވާނެއެވެ.  

 

3. މި އިސްލާޙާއި އެކު ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. 

 

4. މި އިސްލާޙު ގެނެވިފައިވާކަން ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިސްލާޙާ ގުޅިގެން، ހުށަހަޅުއްވަންޖެހޭ އެއްވެސް ލިޔެކިޔުމަކަށް ބަދަލެއް އައިސްފައި ނުވާނެއެވެ.

22 ސެޕްޓެންބަރު 2020
ހޯދާ