ދިވެހިރާއްޖެ
`
މުޙްޔިއްދީން ސްކޫލް
މާލެ،
އިޢުލާން ނަންބަރ:IUL)MUH/1/2020/28)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މުޙްޔިއްދީން ސްކޫލުން ކުރި އިޢުލާން ނަންބަރު: (IUL)MUH/1/2020/23 ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް އިވަލުއޭޝަން ކޮމެޓީއިން ނިންމާފައިވާތީ މުޙްޔިއްދީން ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ސެޕްޓެންބަރު އިން 23 ސެޕްޓެންބަރު 2020 އަށް ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
ރަޖިސްޓްރީ ނަންބަރު.
އީމެއިލް އެޑްރެސް.
ގުޅޭނެ މޯބައިލް ނަންބަރު.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ހުޅުވުން އޮންނާނީ 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙްޔިއްދީން ސްކޫލް- ފޯން: 7552792
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
03 ޞަފަރު 1442
20 ސެޕްޓެމްބަރ 2020