ދިވެހިރާއްޖެ
“3rd King Hamad Youth Empowerment Award to achieve SDGs” އަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިއަހަރުގެ އެވޯޑް ހާއްސަ ކުރެވިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޒުވާނުންނާއި، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށެވެ.
ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކުން
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކަރިކިއުލަމް ވިޓާ (ސީވީ)
- ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލް
- ކުރެވިފައިވާ މަސައްކަތްތަކުގެ ހެކި
2020 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313912، 3323860 އަދި 3029405 އާއި ގުޅުއްވުން އެދެމެވެ. އަދި މި އެވޯޑާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިލައްވާނެއެވެ.
- https://www.kinghamadaward.com/
- https://www.kinghamadaward.com/award-categories.php
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.