މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫގައި ފެންހިންދާ ނިޒާމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

 

                                      ނަންބަރ: IUL)285-D/285/2020/46)

އިޢުލާން

ނ.ހެނބަދޫގައި ފެންހިންދާ ނިޒާމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

      މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށުގައި ފެންހިންދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)285-D/285/2020/44 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އަދި އެކަށީގެންވާ ޢަދަދަށް އެސްޓިމޭޓް ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

04 ޞޮފަރު 1442

21 ސެޕްޓެމްބަރ 2020

 

21 ސެޕްޓެންބަރު 2020
ހޯދާ