ދިވެހިރާއްޖެ
އިޢުލާން
ރެގިއުލަރައިޒޭޝަންގެ ދަށުން އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރާ ބިދޭސީންގެ ޑެޕޮސިޓް ފައިސާ ދެއްކުމާ ގުޅޭ
ދިވެހިރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ޞައްޙަ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) އެއް ނެތި މަސައްކަތްކުރަމުންދާ ބިދޭސީ ފަރާތްތައް ޤަވާޢިދާ އެއްގޮތަށް ފެއްތުމުގެ ގޮތުން، މި މިނިސްޓްރީއިން ހިންގަމުންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވާ ބިދޭސީންނަށް 23 ސެޕްޓެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރު.އީއޭ) ދޫކުރެވޭނީ ޤަވާއިދު ނަންބަރު 2020/R-62 ގެ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ޤަވާއިދު ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒް ކުރެވި އާރު އީއޭ ދޫކޮށްފައިވާ ބިދޭސީ ފަރާތްތަކުގެ އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރެވޭނީ އެ އެމްޕޮލޮއިމަންޓް އެޕްރޫވަލްއަށް ވާ ޑެޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ދެންނެވީމެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.