ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އިސްލާހު
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ ތިރީގައިމިވާ ދެ މާއްދާ ވަނީ އިސްލާހު ކޮށްފައެވެ.
ބުނެވިދިޔަ އުސޫލުގެ 4 ވަނަ މާއްދާ (އިނާމު ދެވޭ ދާއިރާތައް މާނަކުރާ ގޮތް):
މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތައް މާނަކުރާ ގޮތް ތިރީގައި މިވަނީއެވެ. މިދާއިރާތަކުން ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަށް އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި އޮންލައިން ނުވަތަ ޕްރިންޓް ކެޓަގަރީއަށް ކުރިމަތިލާ ފަރާތަކަށް ބްރޯޑްކާސްޓިންގ ކެޓަގަރީއަށް ކުރިމައްޗެއް ނުލެވޭނެއެވެ. ފީޗަރ/ރިޕޯޓު ދާއިރާ ފިޔަވައި، ކޮންމެ ނޫސްވެރިޔަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަކަށެވެ.
ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާ (އިނާމަށް ނަން ހުށަހެޅުން) ގެ (ޅ) ގެ 1.2:
މި އުސޫލުގެ 3 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގައި ބޭނުންކުރާ ތަސްވީރު (ފޮޓޯ ޖާރނަލިޒަމް)ގެ ދާއިރާއަށް ހުށަހަޅާނަމަ، ޝާއިޢު ކޮށްފައިވާ 05 (ފަހެއް) ފޮޓޯ (ޝާއިޢު ކުރެވުނުއިރު އޮތް ކެޕްޝަނާއެކު).
ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހެޅުމުގައި 03 މަޢުޟޫއަކަށް ހުށަހަޅަންވާނެއެވެ.
ފޮޓޯ ސްޓޯރީ/ފޮޓޯ އެސޭ ހުށަހަޅާއިރު ސްޓްރީމެއްގެ ގޮތުގައި 3 އާއި 15 އާ ދެމެދުގެ ޢަދަދަކަށެވެ. ފޮޓޯ ސްޓޯރީގެ ތަރުތީބު، ތަޢާރަފަކާއި ކެޕްޝަން އެނގޭނެ ގޮތަށް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ފޮޓޯ ސްޓޯރީ ހުށަހަޅާއިރު ގްރޫޕް މަސައްކަތެއްގެ ގޮތުގައިވެސް ހުށަހެޅޭނެއެވެ.
ގުރޫޕް މަސައްކަތް ހުށަހަޅާއިރު، ހުށަހަޅާ ފަރާތް ފިޔަވައި ގުރޫޕުގައި ހިމެނޭ އެހެން ފަރާތްތައް މި އުސޫލުގެ 4 ވަނަ މާއްދާއިން އިސްތިސްނާ ވާނެއެވެ.
ހުށަހަޅާ ފަރާތްފިޔަވައި އެހެންފަރާތްތަކަށް ބޭނުންވާ ކެޓަގަރީޒް ތަކަށް އިނާމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު، ގެނެވިފައިވާ އިސްލާހުތަކާއެކު، މި އިއުލާނާއެކު އާއްމުކޮށް، ހުރިހާ ނޫސްވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.
02 ޞަފަރު 1442