މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކަމަދޫ ޕިކްނިކް އޭރިޔާގެ މަސައްކަތްތައް ކުރުމާއި ގުޅޭ

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

ބ. ކަމަދޫ ، ދިވެހިރާއްޖެ.

Secretariat of the South MaalhosmaduluKamadhoo Council

Baa.kamadhoo,Rep.Of Maldives

                                             

                                                                    ނަންބަރ: (IUL)314-SS/314/2020/5

އިޢުލާން

އަންދާސީ ހިސާބު ހޯދުން

      1. މިކައުންސިލްގެ ފަރާތުން ތަރައްޤީ ކުރަމުންގެންދާ ލޯކަލް ޕިކްނިކް ބީޗް ސަރަޙައްދުގައި ބައެއް މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. އެގޮތުން އެތަނުގެ އިމާރާތް ކުރެވިފައިވާ ހަޓްތަކާއި ގްރިލްތަކުގައި  ދަވާދާއި ކުލައިގެ މަސައްކަތްތަކާއި، އުނދޯލި އަދި ޖޯލިފަތި ދަގަނޑުން ހެދުމާއި ހަރުކުރުން އަދި ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ހިމެނެއެވެ.

      2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 23 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން  ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.

      3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 ސެޕްޓެމްބަރު 21 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

      4. މިމަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރެޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.

      5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ސެޕްޓެންބަރު 2020ވާ ހޯމަ ދުވަހުގެ 12.30ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ލޯކަލް ޕިކްނިކް އޭރިޔާގެ ބައެއް މަސައްކަތްތައް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.

             މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ  ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ

29 މުޙައްރަމް 1442

17 ސެޕްޓެމްބަރު 2020 

17 ސެޕްޓެންބަރު 2020
ހޯދާ