ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ދައުލަތުގެ އިދަރާތަކުގައި ބިޑް އުސޫލުން ހުޅުވާލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް ކުރިމަތި ލެވޭނީ ހަމަ އެކަނި މިސިންޓްރީ އޮފް އިކޮނޮމުކް ޑެވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްގެން ކުރިއަށްގެންދާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ކަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޓް ޓްރެޒަރީއިން މި އިދާރާއަށް ވަނީ ލަފާދެއްވާފައެވެ. ވީމާ ރަށުގެ މަގުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)259/2020/45 ނަމްބަރ އިއުލާން ބާތިލުކޮށް އަލުން މި މަސައްކަތަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގޭ ކްލަބް ޖަމިއްޔާތަކަށެވެ.  

  • ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް އެދި މި އިދާރާގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި 2020 ސެޕްޓެމްބަރ 16 ން ފެށިގެން 2020 ސެޕްޓެމްބަރ 20 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އާ ދެމެދު ފިނޭ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.
  • މި މަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް،މި އޮފީހުގެ ވެބްސައިޓް www.fineycouncil.gov.mv އިއުލާން މި ކެޓަގަރީ އިން 2020 ސެޕްޓެމްބަރ 16 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ކައުންސިލު އިދާރާއިން ލިބެން ހުންނާނެއެވެ.
  • ބީލަންތައް ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 24  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. ފިނޭ ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

 

 އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ

ބޮޑުމަގު، ހދ،ފިނޭ ، ދިވެހިރާއްޖެ

ފޯން: 6520027

އީމެއިލް: [email protected]

16 ސެޕްޓެންބަރު 2020
ހޯދާ