ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2020/23
އިއުލާން
ގއ.ކޮނޑޭ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ގއ. ކޮނޑޭގައި ހަދާފައިވާ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL) 241-B/241/2020/13 އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް ކޮވިޑް 19 ގެ ލޮކްޑައުން ދުވަސްވަރާއި ދިމާވެ އިވެލުއޭޓް ނުކުރެވި ގިނަދުވަސްތަކެއް ފާއިތުވެފައިވާތީ މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 20 ސެޕްޓެމްބަރ 2020 ވަނަ ދުވަހުން ފެށިން 24 ސެޕްޓެމްބަރ 2020 އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ކޮނޑޭ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ޕްރީބިޑް މީޓިންގ |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކޮނޑޭ ކައުންސިލްގެ އިދާރާ |
29 ސެޕްޓެމްބަރ 2020 |
އަންގާރަ |
13.30 |
ބިޑް ހުށަހެޅުން |
ގއ.އަތޮޅުކައުންސިލްގެ އިދާރާ ގއ. ކޮނޑޭ ކައުންސިލްގެ އިދާރާ |
04 އޮކްޓޯބަރ 2020 |
އާދީއްތަ |
13.30 |
މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
28 މުޙައްރަމް 1442ހ.
16 ސެޕްޓެމްބަރ 2020މ.