މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ، ދަރުބާރުގެ، ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓް އަދި ތިލަފުށި 3 ސައިޓްގައި ހަރުކޮށްފައިވާ ވޯލްމައުންޓް އަދި ސީލިން މައުންޓް އެއަރ ކޮންޑިޝަންތައް 02 (ދޭއް) އަހަރު ދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި މިނިސްޓްރީއާއި މިމިނިސްޓްރީގެ ދަށުން ހިންގާ ވެލާނާގެ، ދަރުބާރުގެ، ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓް އަދި ތިލަފުށި 3 ސައިޓްގައި ހަރުކޮށްފައިވާ ވޯލްމައުންޓް އަދި ސީލިން މައުންޓް އެއަރ ކޮންޑިޝަންތައް 02 (ދޭއް) އަހަރު ދުވަހަށް ސަރވިސްކޮށް  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 21 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected] ނުވަތަ [email protected]  އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 9,600.00 ( ނުވަހާސް ހަސަތޭކަ) ދިވެހި ރުފިޔާ ހުށަހަޅުއްވަން ވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 45 ދުވަހެވެ. މި މަސައްކަތުގެ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 5% އެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]  ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

16 ސެޕްޓެންބަރު 2020
ހޯދާ