ދިވެހިރާއްޖެ
މިރަށުން ގޯތިދޫކުމަށްޓަކައި ކައުންސިލުން އެކުލަވާލާ ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން 2 މެމްބަރުން (އަންހެން/ފިރިހެން) ނެގުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:10 B-381/I-2020/ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން 2 މެމްބަރުން (އަންހެން/ފިރިހެން) ނެގުމަށް އަލުން އިޢުލާންކޮށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މެންބަރުންގެ މައިގަނޑު މަސައްކަތްތައް
01- ގޯތި ދޫކުރުމަށް ބޭނުންކުރާ އެންމެހާ ޑޮކިއުމަންޓްތައް ޗެކްކޮށް ފައިނަލް ކުރުން
02- ގޯތި ދޫކުރުމުގެ ގައިޑްލައިން އާއްމުންގެ ޚިޔާލަށް ހުޅުވާލުން
03- ގައިޑް ލައިނަށް އާއްމުން ހުށައަޅާ ޝަކުވާތަކާ ޚިޔާލުތައް އިވެލުއޭޓްކުރުން
04- ގޯއްޗަށް އެދި ހުށައަޅާ ފޯމްތައް އިވެލުއޭޓްކުރުން
05- ފޯމުތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ޑްރާފްޓް ލިސްޓް އާއްމުކުރުން
06- ޕޮއިންޓް ލިބިފައިވާގޮތަށް އާއްމުން ހުށައަޅާ ޝަކުވާ އިވެލުއޭޓްކުރުން
07- ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް އާއްމުކުރުން
08- ގުރުއަތުލަންޖެހޭ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށް ގެންދިއުން
09- ގޯތި ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އާއްމުކުރުން
10- ގޯތި ނަންބަރު ގުރުއަތުލުންކުރިޔަށް ގެންދިއުމާ، ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ޙަވާލުކުރުން
ވީމާ ގޯތިކޮމިޓީގައި އާއްމުމެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 24ވަނަ ދުވަހުގެ 14:00ގެ ކުރިން، ވަނަވަރު ބަޔާންކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ބޭނުންވާ ޢަދަދަށްވުރެ، ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ، 2 މެންބަރުން ނަގާނީ މިއިދާރާއިން އިންޓަވިއުކުރުމަށްފަހުގައެވެ.