މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން
- މަދްރަސަތުލް އިފްތިތާހުގައި ސެކިއުރިޓީ ޚިދުމަތް ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 16 ން 21 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް މިމަދްރަސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ސެޕްޓެމްބަރ 21 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ސެޕްޓެމްބަރ 21 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
- ބީލަންތައް ފޮނުވާނީ 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިމަދްރަސާއަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- ފޯން: 6620009
- އީމެއިލް: [email protected]
15 ސެޕްޓެންބަރު 2020
ހޯދާ