އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް މިކައުންސިލުން ކޮށްފައިވާ އިއުލާން ނަންބަރު: IUL)234-C/234/2020/14)ހ (16 އޯގަސްޓް 2020) އަށް އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މި ރަށާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގެ ފަރާތުން އެކަމަށް ބޭއްވޭ އޮންލައިން ބައްދަލުވުމަށް، ޕްރޮޕޯސަލް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ލިންކް ފޮނުވާލުމުން، ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

25 މުޙައްރަމް 1442

             13  ސެޕްޓެމްބަރ 2020            

                                                      

 

                                                       (ސޮއި)       

                                             ޢަލީ ނަޞީރު     

                                              އދ.އަތޮޅު ކައުންސިލްގެ ރައީސް

13 ސެޕްޓެންބަރު 2020
ހޯދާ