މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ކިންގް ހަމަދު ޔޫތު އެމްޕަވަރމަންޓް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

                        އިޢުލާން

"ކިންގް ހަމަދު ޔޫތު އެމްޕަވަރމަންޓް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

            “3rd King Hamad Youth Empowerment Award to achieve SDGs” އަށް ކުރިމަތުލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި އަހަރުގެ އެވޯޑް ޚާއްސަ ކުރެވިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޒުވާނުންނާއި، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށެވެ. އެގޮތުން މިއެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ދާއިރާތައް:

  • ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ޙާސިލްކުރުމަށް އެހީތެރިވެފައިވާ ޒުވާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް (5 އެވޯޑް)

- ޕީޕަލް (އިންސާނުން): ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން.

- ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ޤުދުރަތީގެ ވެށީގެ މުއްސަނދިކަން.

- ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުން.

- ޕީސް (އަމާންކަން): މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.

- ޕާޓްނާޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.

 

  • ·   ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ޙާސިލްކުރުމުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް އެހީތެރިކަން ފޮރުކޮށްދޭ މަދަނީ ޖަމްޢިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް

(3 އެވޯޑް)

- އިންސްޓިޓިއުޝަނަލް (ރަސްމީ): ޤާނޫނާއި ޤަވާއިދުތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުން.

- ފައިނޭންޝިއަލް (މާލީ): ކާމިޔާބުކަމާއެކު އަލަށް ވިޔަފާރި ނުވަތަ އެނޫންވެސް ދާއިރާއަކުން ކުރިއަށްދިޔުމަށް  ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއެކު އެކަމުގެ މަގުފަހިކޮށްދިނުން.

- ޓެކްނިކަލް (ފަންނީ): ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

   ވީމާ މި ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކުން

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލް
  • ކުރެވިފައިވާ މަސައްކަތްތަކުގެ ހެކި

15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް 3313912 ،3323860 އަދި 3029405 އާއި ގުޅުއްވުން އެދެމެވެ. އަދި މި އެވޯޑާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިލައްވާނެއެވެ.

 

https://www.kinghamadaward.com/

https://www.kinghamadaward.com/award-categories.php 

   މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ސެޕްޓެންބަރު 2020
ހޯދާ