ދިވެހިރާއްޖެ
ރަށްރަށުގެ ބަނދަރު/ޖެޓީން އެރަށެއްގެ ފެނަކަ އިންޖީނުގޭގެ ޓޭންކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ޑެލިވަރީ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV/2020/025) ގައި ހިމަނާފައިވާ ރަށްރަށުގެ ތެރެއިން، ތިރީގައިވާ ބައެއް ރަށްރަށަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުންނާއި، ބައެއް ރަށްރަށަށް ހުށަހަޅުއްވާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ، އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ހއ |
މާރަންދޫ |
ފ |
ބިލެއްދޫ |
ށ |
މިލަންދޫ |
ތ |
ވިލުފުށި |
ނ |
މާފަރު |
ތ |
ތިމަރަފުށި |
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ނުވަތަ 7444974 ނަންބަރަށް ވައިބަރ ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެސެޖު/މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.