ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ: (IUL)ASMH-MSSS/ASMH/2020/20
އިޢުލާން
ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ:
ގދ.ނަޑެއްލާ ސިއްޙީމަރުކަޒުގެ އެމްބިއުލާންސް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހޮސްޕިޓަލުން 02 މާރިޗު 2020 ގައި ކޮށްފައިވާ ފުރަތަމަ ނަންބަރ (IUL)ASMH-MSSS/ASMH/2020/12 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވާތީ، މިދެންނެވި އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް މިހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިހޮސްޕިޓަލް އޮފީހުގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ.
25 މުޙައްރަމް 1442
13 ސެޕްޓެމްބަރ 2020