ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުތަކާއި ވެލްކަމް މޮނިއުމެންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

 

ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުތަކާއި ވެލްކަމް މޮނިއުމެންޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުތަކާއި، ވެލްކަމް މޮނިއުމެންޓްގެ މަސައްކަތް މިއިދާރާއިން ދޭ ކުރެހުމާއި، މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 ގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

     

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25  މުޙައްރަމް    1442

13  ސެޕްޓެމްބަރ  2020

13 ސެޕްޓެންބަރު 2020
ހޯދާ