މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށު މަސްޖިދު މޫސާޢަލީގައި ކުލައާއި ދަވާދު އަދި ވަރުނީސްލާން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިބީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2020 ން 15 ސެޕްޓެމްބަރ 2020 އަށް މިއިދާރާގައި ނަންނޯޓް ކުރަންވާނެއެވެ. ނަން ނޯޓްކުރުން އޮންނާނީ ރަސްމީ ދުވަސްދުވަހު ހެދުނު 09:30 ން 12:00 އާ ދެމެދުއެވެ.
- މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 16 ސެޕްޓެމްބަރ 2020 ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވަން ވާނެއެވެ.
- މިމަސައްކަތާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 21 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
ފޯން: 6600007
އީމެއިލް: [email protected]
22 މުޙައްރަމް 1442
10 ސެޕްޓެމްބަރ 2020
10 ސެޕްޓެންބަރު 2020
ހޯދާ