މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް ޕަރފޯމިންގ އާޓިސްޓުންނަށް ދޫކުރުމާއި ގުޅޭ

                             އިޢުލާން

ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް ޕަރފޯމިންގ އާޓިސްޓުންނަށް ދޫކުރުމާއި ގުޅޭ

 ޕަރފޯމިންގ އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ މި މިނިސްޓްރީއަށް އަންނަނީ ލިބެމުންނެވެ. މި ދާއިރާގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ޒުވާނުން ކަމަށްވުމާއެކު މި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ އިންޑޯރ ކޮމްޕްލެކްސްގެ ހޯލް މި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މި ފަރާތްތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.  

ވީމާ، މި އިންޑޯރ ހޯލްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް އީމެއިލް ނުވަތަ ސިޓީއަކުން އެކަން އަންގަވާދެއްވުން އެދެމެވެ.  މެއިލް: [email protected]

މިކަމާބެހޭގޮތުން އިތުރަށް މަޢުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުއްވުން އެދެމެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2020
ހޯދާ