ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ގަތުމަށް ކުރި ނަންބަރު (IUL)311/311/2020/54 (24 އޯގަސްޓް 2020) ގެ އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިކަމާއިގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ހުށަހަޅާ އަގަށް % 75
- ތަޖުރިބާއަށް % 15
- މުއްދަތަށް: % 10