މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އަންދާ ސަރަޙައްދުގައި ހުރި އަޅިފުނި ނަގައިދޭނެ ފަރާތެއް ހޯދުން

               ނަންބަރު: IUL)321/321/2020/98    

އިޢުލާން

 

 ރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި އަންދާ ސަރަޙައްދުގައި ވެއްޔާއި ކުންޏާއި އެކުވެފައި ހުރި އަޅިފުނި ހިލޭސާބަހަށް އަމިއްލަ ތަކެތީގައި ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މި ވެލިފުންޏާއި އެކުވެފައި ހުރި ދަގަނޑު، ބިއްލޫރި، ޕްލާސްޓިކްފަދަ ބާވަތްތަކުގެ ފަނާނުވާ ކުނި ވަކިކޮށް އެތަކެތި ކައުންސިލުން ދައްކާ ތަނަކަށް ގެންގޮސްދޭންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވާ، ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

21  މުޙައްރަމް    1442

09 ސެޕްޓެންބަރު 2020
ހޯދާ