ދިވެހިރާއްޖެ
އިޢުލާން
ކޮމަންވެލްތުގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކަށްދޫކުރާ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.
ކޮވިޑް 19 އާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުންދޭ ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 ސެޕްޓެމްބަރ 2020 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2020 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 13:00 އެވެ. މި ގްރާންޓަން އެދި ހުށަހެޅުމަށާއި، އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. ހުރިހާ ޖަމްޢިއްޔާތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީން ބާރު އަޅަމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުއްވުން އެދެމެވެ.
https://commonwealthfoundation.com/grants/