މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ނަންބަރު: IUL)313-MI/313/2020/74)

އިޢުލާން

ވޮލީ ކޯޓާއި ނެޓްބޯޅަކޯޓް މަރާމާތު ކުރުމާއި ބެހޭ

             ކުޑަރިކިލުގައި ގާއިމްކޮށް ބޭނުންކުރަމުންދާ ވޮލީ ކޯޓާއި ނެޓްބޯޅަކޯޓް މަރާމާތު ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

 

 އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރ 16 ވާ ބުދަދުވަހުގެ 10:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ސެޕްޓެންބަރ 22 ވާ އަންގާރަދުވަހުގެ 10:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. މައުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       21 މުޙައްރަމް 1442

       9 ސެޕްޓެންބަރ 2020

09 ސެޕްޓެންބަރު 2020
ހޯދާ