މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިންމުގޯލި މައިޒާނަށް ދާއިމީ ކަރަންޓް ލުމަށް

 

  

            އަމިއްލަ ތަކެތީގައި މިރަށު " ތިންމުގޯލި މައިޒާނަށް "  ކަރަންޓް ލުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ކުރި އިޢުލާން ނަންބަރ: (IUL)296/296/2020/21  އިއުލާން ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ، އެމަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

      މިމަސައްކަތާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރެއްވުށާއި މަސައްކަތް ކޮށް ދިނުމަށް ރަޖިސްޓްރީ  ކުރެއްވުމަށް 2020 ސެޕްޓެމްބަރ 15ވާ އަންގާރަ ދުވަހުގެ 14.00ގެ ކުރިން ރަސްމީގަޑީގައި 7887796ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ މެއިލް ކުރައްވާނަމަ  މެއިލް ކުރައްވާނީ[email protected] މެއިލަށެވެ. ނުވަތަ މުއްދަތު ހަމަވުމުގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާހަކަ ދަންނަވަމެވެ. މަސައްކަތާއި ގުޅިގެން ހުށައެޅޭ ސުވާލުތަކުގެ ޖަވާބު 2020 ސެޕްޓެމްބަރ 16ވާ ހޯމަ ދުވަހު މިއިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަސައްކަތް ކޮށް ދިނުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ޝީޓު ފޮނުވޭނެއެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށައަޅުއްވާނީ 2020 ސެޕްޓެމްބަރ 28ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއާށެވެ.  

        މިމަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީ ޤާނުނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔާފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

09 ސެޕްޓެންބަރު 2020
ހޯދާ