ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
3 ޢިމާރާތުގެ ޓިނު ބަދަލުކުރުން
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2020/008
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ 3 ޢިމާރާތުގެ ޓިނު (އަމިއްލަ ތަކެތީގައި) ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- މިއީ މިކަމާ ގުޅިގެން ކުރެވޭ ދެވަނަ އިޢުލާނެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ، ދިވެހި ވިޔަފާރި ތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 ސެޕްޓެންބަރު 09 އިން 2020 ސެޕްޓެންބަރު 15ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2020 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ޕްރޮޖެކްޓްގެ ބިޑްސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސް ރުފިޔާ) ހުށައަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށައަޅަން ޖެހޭގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:
https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform
21 މުޙައްރަމް 1442
09 ސެޕްޓެންބަރު 2020
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މާސްކް އަޅުއްވައިގެންނެވެ.
09 ސެޕްޓެންބަރު 2020
ހޯދާ