ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކުލާސްރޫމްގައިބޭނުންކުރުމަށްޓަކައި ވައިޓުބޯޑް ހަދަންބޭނުންވެއްޖެ
މިސްކޫލުންދައްކާނަމޫނާއާއިއެއްގޮތަށްކުލާސްރޫމްގައިބޭނުންކުރުމަށްޓަކައި ވައިޓުބޯޑް ހަދަންބޭނުންވެއްޖެ
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ، ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތްކޮށްދޭންއެދޭ ފަރާތްތަކުން، 2020 ސެޕްޓެމްބަރ 10 އިން 2020 ސެޕްޓެމްބަރ 14ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 11:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިމަސައްކަތާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއިބެހޭގޮތުން މައުލޫމާތުދިނުމުގެބައްދަލުވުުން އޮންނާނީ 2020 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލުގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ސެޕްޓެމްބަރ 17 (ބުރާސްފަތި) ދުވަހުގެ 11:00 ގައި މި ސްކޫލުގެ ބަޖެޓުސެކްސަންގައެވެ.
މިމަސައްކަތާއިގުޅޭ ބީލަން ފޯމް މައުލޫމާތުދޭދުވަހު ހަވާލުކުރެވޭނެއެވެ.
ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓު އެންޑް ޕްރޮކިއުމަންޓް ސެކްޝަން
ލަންދޫސްކޫލް
ބޮޑުތަކުރުފާނުމަގުު، ލަންދޫ، ދިވެހިރާއްޖެ.
ފޯން: 6560576
އީ-މެއިލް: [email protected]
21 މުޙައްރަމް 1442
9 ސެޕްޓެމްބަރ 2020