ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީހުގެ ޕޯޓިކޯ ހެދުމާއި އެހެނިހެން ބައެއް މަރާމާތު މަސައްކަތްތައް ކުރުން

މިއިދާރާގެ ޕޯޓިކޯ ހެދުމާއި އެހެނިހެން ބައެއް މަރާމާތުގެ މަސައްކަތް، މި ކައުންސިލުންދޭ ކުރެހުމަކާއި، ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1-    މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-    ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 09 ސެޕްޓެންބަރު 2020 ން ފެށިގެން 15 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

3-    މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަންއޮންނާނީ 16 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4-    މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމުން، ލިބިލައްވާނެއެވެ.

5-    ބީލަންތައް ހުޅުވުން އޮންނާނީ 24 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6-    އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521646 ، 6521643

އީމެއިލް: [email protected]

08 ސެޕްޓެންބަރު 2020
ހޯދާ