މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިިމިނިސްޓްރީގެ ބޭނުމަކަށް ގދ.ފަރެސްމާތޮޑާއިން 03 (ތިނެއް) ކޮޓަރީގެ ގެއެއް 03 (ތިނެއް) މަސްދުވަހުގެ މުއްދަތައް ކުއްޔަށް ހިފުމާއި ގުޅޭ.

1. މިމިނިސްޓްރީގެ ބޭނުމަކަށް ގދ.ފަރެސްމާތޮޑާއިން 03 (ތިނެއް) ކޮޓަރީގެ ގެއެއް 03 (ތިނެއް) މަސްދުވަހުގެ މުއްދަތައް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 13 ސެޕްޓެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

                                                              

3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެމްބަރު 2020 ވާ ބުރާސްފަތި ދުވަހު ދުވަހުގެ ހެނދުނު 10:30 ގައި ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]  ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2020
ހޯދާ