މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ބަނދަރު ސަރަޙައްދުގައި ހުރި މިދިލިގަސްތަކާއި ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ވެއްޓިފައިވާ ބައެއް ރުއްގަސްތަށް ނީލަން ކިޔުމާއިގުޅޭ

 

                                                ނަންބަރު: 43(IUL)285-D/285/2020/

އިޢުލާން

ހެނބަދޫ ބަނދަރު ސަރަޙައްދުގައި ހުރި މިދިލިގަސްތަކާއި ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ވެއްޓިފައިވާ ބައެއް ރުއްގަސްތަށް ނީލަން ކިޔުމާއިގުޅޭ

   ހެނބަދޫ ބަނދަރު ސަރަޙައްދުގައި ހުރި މިދިލި ގަސްތަކާއި، ވިއްސާރައިގެ ސަބަބުން ވެއްޓިފައިވާ ބައެއްގަސްތަށް ނީލަން ކިޔުމަށް ބޭނުންވެއެވެ.  ވީމާ މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11 ސެޕްޓެންބަރ 2020 ވާ ހުކުރު ދުވަހު ހެނދުނު 9:00 އަށް ހެނބަދޫ ޕްރީސުކޫލް ސަރަޙައްދަށް ދުރުވެދެއްވުންއެދެމެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްގަސްތަށް ތިރީގައި އެވަނީއެވެ.

  • 1 ގަސް ދިއްގާ (ޒަމާނީ ގުލްޝަންގެ ހުޅަނގުންއޮތް ސަރަޙައްދުގައި ވެއްޓިފައި އޮތް)
  • 3 ގަސް މިދިލި (ހެނބަދޫ ބަނދަރު ސަރަޙައްދުގައި ހުރި)
  • 1 ރުއް (ހެނބަދޫ ބަހާރުގެޔާ ދިމާލުގައި ވެއްޓިފައި އޮތް)

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                19 މުޙައްރަމް 1442

07 ސެޕްޓެންބަރ 2020

                                     

                                                             އާދަމް ސަމީރު

                                                        ހެނބަދޫ ކައުންސިލްގެ ރައީސް

             

07 ސެޕްޓެންބަރު 2020
ހޯދާ