ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ބައި-އިލެކްޝަން 2020

އިޢުލާން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ބައި-އިލެކްޝަން 2020

         ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަޤާމު ތަކަށް މެންބަރުން ހޮވުމަށް، ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން 2020 އޮކްޓޯބަރ 16 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންނަށް، 2020 ސެޕްޓެމްބަރ 7 ވާ ހޯމަ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 16 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލައިފީމެވެ.

ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް، މި އިޢުލާން އާއިއެކު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އެސޯސިއޭޝަން ގެ ރަސްމީ ވައިބަރ ގްރޫޕް އާއި އެސޯސިއޭޝަންގެ އިދާރާއިން ލިބޭނެއެވެ.

         ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހެޅުމަށް ކަނޑައެޅިފައިވާ "ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް" ބަލައި ގަތުން ކުރިޔަށްދާނީ، 2020 ސެޕްޓެމްބަރ 16 ވާ ބުދަ ދުވަހުގެ މެންދުރު 12:00ން 14:00 އާއި ދެމެދު، ގަލޮޅު ބޯޅަދަނޑު، އެކަމަޑޭޝަން ބްލޮކް ގައިހުންނަ ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އިދާރާ ގައިއެވެ.

         ފޯމް ބަލައިގަތުމުގައި، ހުށަހަޅާ ފޯމްގައި ފުރިހަމަ ކުރަށްޖެހޭ މައުލޫމާތު ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަށް:

  1. ނާއިބު ރައީސް
  2. އާންމު މެންބަރު (އެކެއް)

އިތުރު މަޢުލޫމާތު 7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.

 

06 ސެޕްޓެންބަރު 2020
ހޯދާ