ދިވެހިރާއްޖެ
މިރަށު ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ " ނާދީޔާ" ގެ އިރުމަތިފާރާތުގައި ހުރި ރުއްތަކުން އެ ޢިމާރާތަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ދެންނެވުނު ރުއްތަކުގެ ބަދަލް ދިނުމަށް ވެރިން ހޯދުމަށް މީގެ ކުރިންވެސް މި އިދާރާގެ ނަންބަރު: (IUL384-A/2019/51, IUL384-A/2019/53) ދެ އިޢުލާނުންވަނީ ދެފަހަރެއްގެ މަތިން ދެންނެވިފައެވެ. ނަމަވެސް މިއަދާހަމައަށް އައި އިރުވެސް އެއްވެސް ފަރާތަކުން އެއިން ރުކެއްގެ ވެރިފަރާތެއްގެ މަޢުލޫމާތު މި އިދާރާއަށް ލިބިފައި ނުވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން ނަންބަރުޖަހާފައެވެ.
ރުއްގަސް ހުރި ސަރަޙައްދު |
ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ޢަދަދު |
|
ފެހި ކުލައިގެ ދަވާދުން 01 އިން 11 އަށް ނަންބަރުޖަހާފައި |
ވީމާ، މި ރުއްތަކުގެ ވެރިޔެއްވާނަމަ އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް އެ މަޢުލޫމާތު 10 ސެޕްޓެމްބަރު 2020 ވާ ބުރާސްފަތި ދުވަހު 14:00 ގެ ނިޔަލަށް ލިޔުމުން ނުވަތަ އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވައި، ވެރިޔަކުވާނަމަ ބަދަލުކަންތައް ހަމަޖެއްސުމަށް ދެންނެވުނު މުއްދަތުގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މި މުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ނުލިބިއްޖެނަމަ ވެރިޔަކުނެތް ކަމަށް ބަލައި ބަދަލު ދިނުމެއްނެތި ކައުންސިލްގެ ފަރާތުން ރުއް ކަނޑާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.