މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް ހެއްދުމާއި ގުޅ

އިޢުލާން

 

އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް ހެއްދުމާއި ގުޅޭ

 

އެއްގަމާއި ކަނޑުއުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ހެއްދުމުގެ ޚިދުމަތް ވާދޫގައި ފެށުމަށްޓަކާ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

އެގްޒަމިނަރުންނަށް އުޖޫރަ ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

-         ކަނޑު އުޅަނދު: ނަގާދޭ ކޮންމެ ޓެސްޓަކަށް 20 ރުފިޔާ

-         އެއްގަމު އުޅަނދު: ނަގާދޭ ކޮންމެ ޓެސްޓަކަށް 35 ރުފިޔާ

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓު ކުރައްވާއިރު، ހުށަހަޅާފަރާތުގެ އައިޑީކާޑު ކޮޕީ އާއި، ލައިސެންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ހޮވާނެ ގޮތް ތިރީގައި އެވަނީއެވެ.

-         މަދުވެގެން ބޭނުންވާ ކެޓަގަރީތައް:

-          އެއްގަމުން:  A0,A1,C1,C3,C4,B1

-         ކަނޑު: A,B,C

-         ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭގޮތް:

-         1 މަތީގައި ބަޔާންކުރެވިފައިވާ ކެޓަގަރީތަށް ހަމަވާފަރާތެއްކަމުގައިވުން

-         2 އެއްވެސް ކުށަކާއި ގުޅިގެން ލައިސަންސް ހިފެހެއްޓިފައިވާ ފަރާތެއް ކަމުގައި ނުވުން

03 ސެޕްޓެންބަރު 2020
ހޯދާ