ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ

އިޢުލާން

 

ގއ. ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ

 

             ގއ.ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2020/11 (09 އޮގަސްޓް 2020) އިޢުލާނާއި ގުޅިގެން ފޯމު ހުށަހެޅުމުގެ މުއްދަތު 24 ސެޕްޓެމްބަރ 2020ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ޙަވާލާދެވުނު އިޢުލާނުގައި ދަންނަވާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގއ.ދެއްވަދޫއިންގޯއްޗަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ އީމެއިލް [email protected]  އިންވެސް ފޯމު ބަލައިގަނެވޭނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ފޯމު ބާޠިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15  މުޙައްރަމް    1442

03  ސެޕްޓެމްބަރ  2020

03 ސެޕްޓެންބަރު 2020
ހޯދާ