މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ސްޓޯމްވޯޓަރ މަނޭޖްމަންޓް މާސްޓަރޕްލޭންސް ފޯ މާލެ ސިޓީ އެންޑް ހުޅުމާލެ

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ސްޓޯމްވޯޓަރ މަނޭޖްމަންޓް މާސްޓަރޕްލޭންސް ފޯ މާލެ ސިޓީ އެންޑް ހުޅުމާލެ

MV-MONPI-143021-CS-QCBS

 

މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް

Grant No.:IDA V292-MV

 

ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "މާލެ އަދި ހުޅުމާލޭގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް މާސްޓަރޕްލޭނެއް" ތާއްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

 

މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ކުރިމަތިވަމުންދާ މައްސަލަތަކަށް ޙައްލެއް ހޯދުމެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޣުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ތިރީގައިމިވާ ކްރައިޓީރިއާ އަށެވެ.

  ހ. މަދުވެގެން 10 އަހަރުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ މިކަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލިބިފައިވުން

  ށ. ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ މިބާވަތުގެ މަސައްކަތް ކުރުމުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

  ށ. ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

  ނ. މިމިސައްކަތް ކުރެވޭ ފަންނީ ޤާބިލު ފާރާތްތަށް ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފާރމްގައި ހުރިތޯ ބެލޭނެވެ. އެހެންނަމަވެސް، އެފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ މިމަރުހަލާގައި އިވެލުއޭޓް ނުކުރެވޭނެވެ.

 

މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

 

މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0800 އިން 1400 އަށް ލިބިވަޑައިގަންނަވާނެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  24 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ފާތިމަތު ރިޝްފާ އަހުމަދު

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : +960 3349102

އީމެއިލް  : [email protected]

ކޮޕީ     : [email protected]

02 ސެޕްޓެންބަރު 2020
ހޯދާ