ދިވެހިރާއްޖެ
ނަންބަރު: IUL)345-MS/345/2020/44)
އިޢުލާން
މިރަށު ބުންބަރުމަގު ދެކުނުފަރާތުން ދަނޑުބިން ކުއްޔަށް ދޫކުރުމާބެހޭ: |
މިރަށު ބުންބަރުމަގު ދެކުނުފަރާތުން ދަނޑުބިން ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުން 01އަހަރުދުވަހުގެ މުއްދަތަށް ދަނޑުބިން ކުއްޔަށް ދޫކުރުމަށް ވަނީ ޖަމަޖެހިފައެވެ.
ދަނޑުބިން ދޫކުރުމާގުޅޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން 06 ސެޕްޓެމްބަރ 2020ވާ އާދިއްތަދުވަހުގެ 11.00ގައި އއ. މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިނުވިކަމުގައިވިޔަސް ދަނޑުބިން ހޯދުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓު މިއަދުންފެށިގެން ފޯމް ހުށަހެޅުމުގެ ސުންގަޑިއާ ހަމައަށް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ދަނޑުބިން ލިބޭ ފަރާތްތަށް ކަނޑައަޅާނީ ދަނޑުހޯދުމަށްއެދި ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުގެތެރެއިން ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ހާޟިރުގައެވެ. މި ބައްދަލުވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ، ދަނޑުހޯދުމަށް ހުށަހަޅާފައިވާ ފަރާތުން ބަދަލުގައި ފޮނުވާ ފަރާތް އެނގޭނެ ސިޓީ ހުށަހަޅުއްވަންވާނެއެވެ. ހުށަހަޅާ ފަރާތް ހާޟިރުނުވެ، އަދި ބަދަލު ހަމަޖައްސާފައި ނުވާނަމަ އެފަރާތެއްގެ ޣައިރުހާޟިރުގައި ދަނޑު ލިބޭ ފަރާތްތައް ކަނޑައެޅޭނެއެވެ.
ވީމާ، ދަނޑުބިން ކުއްޔަށްނަގަން ބޭނުންވާފަރާތްތަކުން މި އިދާރާއިން ދޫކުރާ ދަނޑުބިން ހޯދުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 09 ސެޕްޓެމްބަރ 2020ވާ ބުދަ ދުވަހުގެ 12.00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ފޯމް ހުށަހެޅި ފަރާތްތަކާއި އެފަރާތްތަކުން ހޯދުމަށް އެދި ހުށަހަޅާފައިވާ ދަނޑުތައް އެނގޭގޮތަށް ކައުންސިލްގެ ނޯޓިސް ބޯޑް އަދި ކައުންސިލްގެ ފޭސްބުކް ޕޭޖަށް ނެރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.